Close

އެމްޓީސީސީގެ "ބޮޑު ޖައްރާފާ" ގެ ފުރަތަމަ މަޝްރޫއަކީ ދާންދޫ ބިން ހިއްކުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ގެނެސްފައިވާ “ބޮޑު ޖައްރާފާ” ގެ ފުރަޔަމަ މަޝްރޫއެއްގެ ގޮތުގައި ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއު އިފްތިތާހުކޮށްފައިވަނީ ދާންދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ.

އެމްޓީސީސީގެ 'ބޮޑު ޖައްރާފާ" އަކީ ކަނޑުގެ 18 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އައިއެޗްސީ ބީވާގެ އެންމެ ފަހުގެ މޮޑެލްގެ ކަޓާ ޑްރެޖަރެކެވެ. "ޖައްރާފާ 4″ އަކީވެސް މި މޮޑަލްގެ 12 މީޓަރުގެ އަޑިން ވެލިނެގުމުގެ ޤާބިލްކަން ލިބިފައިވާ ޑްރެޖަރތަކެވެ.

މަހާޖައްރާފާ އާއި ޚިލާފަށް ބޮޑު ޖައްރާފާއަކީ ފަޅުތެރެއިން ވެލިނަގައިގެން ބިންހިއްކުމާއި ބަނދަރުތައް ހެދުމަށް ވެސް ބޭނުން ކުރެވޭނެ ޖައްރާފާއެކެވެ.

އެމްޓީސީސިން ބުނީ މިޖައްރާފާގެ ސަބަބުން ވެލި ނެގުންފަދަ މަސައްކަތްތަކަށް ކުރާ ޚަރަދު ކުޑަވެގެންދާނެކަމަށެވެ. އަދި މި ޖައްރާފާއާއެކު އެ ކުންފުނީގައި މިހާރު 5 ޖައްރާފާ އޮންނާނެއެވެ.

ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭއިރު މިހާރު ދާންދޫގައި އޮތްވަރުގެ ޖާގައިގެ ބިމެއް އެރަށަށް އިތުރު ކުރެވި، ދާންދޫއާއި އަލަށް ހިއްކާ ބިން ގުޅާލެވިގެންދާނީ ބްރިޖަކުންނެވެ. މުޅި މި މަޝްރޫޢު ނިމިގެންދާއިރު ރައްޔިތުން މޫދަ އެރި ހިތް އުފާކޮށްލާނެ އަތިރިމަތިތައް ވެސް ލެވިގެންދާނެ އެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 25 ހެކްޓަރު ހިއްކާ، އެސަރަޙައްދު ޙިމާޔަތްކުރުމަށް 1238 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި 240 މީޓަރުގެ ހުރަސްތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ.

މަދު އާލާތްތަކަކާއެކު ފަޅު ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީން 1995 ވަނަ އަހަރު ފަށައި، އޭގެ އަހަރުތަކެއް ފަހުން ފަޅު ފުން ކުރުމާއި ބިން ހިއްކުމަށް ޚާއްސަކޮށްގެން "ކަޓަރ ސެކްޝަން" 2 ޑްރެޖަރ އޮޕަރޭޝަނަށް ގެނެސް ބިންހިއްކުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވިއެވެ. އަދި މަސައްކަތުގެ ސްޕީޑް އަވަސްކުރުމުގެ ގޮތުން 3700 ކިއުބިކް މީޓަރުގެ މަހާ ޖައްރާފާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ޑްރެޖިން ފްލީޓް ޤާއިމްކުރިއެވެ.

މިއާއެކު އެ ކުންފުނިން ވަނީ ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. މިގޮތުން މި 4 އހަރުގެ ތެރޭގައި 300 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top