Close

އައްޑޫ ސިޓީ ހުޅުދޫ އާއި މަރަދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ގާއިމުކުރަނީ

އައްޑޫ ސިޓީ ހުޅުދޫ އާއި މަރަދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ގާއިމުކުރަން ނިންމައި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާން ކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މަރަދޫ ޔޫތު ސެންޓަރުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުން އޮކްޓޯބަރ 9 ވަނަ ދުވަހު 11:00 ގައި އެ މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނަނީ އޮކްޓޯބަރ 16 ވަނަ ދުވަހު 10:30 ގައި ކަމަށެވެ.

މީގެ އިތުރުން ހުޅުދޫ ޔޫތު ސެންޓަރުގެ މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުން އޮންނާނީ ވެސް ހަމައެދުވަހުގެ 11:30 ގައި އެ މިނިސްޓްރީގައި ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނަނީ އޮކްޓޯބަރ 16 ވަނަ ދުވަހު 11:00 ގައި ކަމަށް ވެސް ޔޫތް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މީގެގެ އިތުރުން ގއ .މާމެންދޫގައި ވެސް ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމަށް ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top