ވޮޝިންޓަންގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ "ވޮޝިންގޓަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" ގެ ނަން ބަދަލުކުރައްވާފައިވަނީ "އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމަށެވެ.
މި ނަން މިގޮތަށް ބަދަލުކުރެއްވީ މި ސެޕްޓެންބަރު 25 ވީ އާދިއްތަ ދުވަހުން ފެށިގެން ނެވެ.
މި ބަދަލާއެކު، ދައުލަތުގެ އިދާރާތަކުން އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ލިޔުއްވާ ސިޓީ/ނޯޓުގައި ޖައްސަވަމުން ގެންދަވާނީ ނަންބަރު 488 ކަމުގައި ވަނީ ހަމަޖައްސަވާފަ އެވެ.






