އައްޑޫސިޓީ މަރަދޫފޭދޫ ގައި އިންޑޯ ވޮލީ ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރާ މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިބާވަތުގެ މަސައްކަތްކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނީ ގޮތުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް އޮކްޓޯބަރު 3 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް ކައުންސިލް އިދާރާއިން ގަންނަން ލިބޭނެކަމަށާއި ބީލަމުގައި ބައިވެރިވުމަށް -/300 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުގެ އިއުލާނުގައި ވެއެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮކްޓޯބަރު 04 ވާ އަންގާރަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީކައުންސިލްގެ އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 20,000 (ވިހި ހާސް ރުފިޔާ) ހުށަހަޅަން ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.
މި މަސައްކަތުގެ ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 12 އޮކްޓޯބަރު 2022 ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގަ އެވެ.







