މި ހިނގާ އޮކްޓޫބަރު މަހުގެ 3 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހަމަޖައްސަވާފަ އެވެ.
މިކަން ޢިއުލާންކުރައްވާފައި ވަނީ 14 އޯގަސްޓް 2022 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 07/2022 ނަންބަރު ދެންނެވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ނެވެ.
މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ މި ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، މި އަހަރަކީ [ޤައުމީ ފަތުރުވެރިކަމުގެ ދުވަސް] ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށްވުމާއެކު އެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކަ އެވެ.






