Close

އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޗެއާމަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި ކޮލެޖްގެ ފަރާތުން ސޮއިކުރެެއްވީ ކޮލެޖްގެ ޗެއާމަން ޢަބްދު ﷲ މުސްތާޤެވެ.

މިއަދު މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ބައްދަލުވުމުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވި އެވެ.

މި އެއްބަސްވުމުގެ ދަށުން ސްކޫލްގެ މުވައްޒަފުންނަށް ހިލޭ ތަމްރީނު ދިނުމުގެ އިތުރުން ކޮލެޖްގެ ޕްރޮގްރާމްތަކުގައި ކިޔަވަން ބޭނުންވާ، މިސްކޫލްގެ މުވައްޒަފުންނަށް 15% ޑިސްކައުންޓެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން ސްކޫލަށް ކޮލެޖުންވަނީ މިއަދު ސްކޮލަރޝިޕެއް ދެއްވާފަ އެވެ.

މިއެއްބަސްވުމުގެ ދަށުން ކޮލެޖްގައި އާރލީޗައިޑްހޫޑް އެޑިއުކޭޝަން ދާއިރާއިން ތަޢުލީމު ޙާޞިލުކުރާ ފަރާތްތަކަށް ސްކޫލުން ތަމްރީނު ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top