Close

އަރްޝަދު ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ޕީޖީ ނިންމައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފަށް ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށް ވެސް  ގެނެސްފައިވާނެ ކަމަށާއި އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ އޮފީހުން ވިދާޅުވީ އަރުޝަދު ޚާލިދު ހައްޔަރުކޮށް، ބަންދުކޮށްގެން ކޯޓަށް ހާޟިރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، އޮކްޓޫބަރު 12 ވަނަ ދުވަހުގެ 19:45 އަށް އަރުޝަދު ޚާލިދު އެ ކޯޓަށް ޙާޟިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލައި، އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދުކުރުމަށްފަހުގައި ކަމަށެވެ. އަދި މި ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވާގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފު ކަމަށެވެ.

މީގެ އިތުރުން އަރުޝަދު ހައްޔަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމާއެކު، އެ އޮފީހުން ގެންދިޔައީ މިކަމުގައި ޢަމަލުކުރަންވީގޮތުގެ އިރުޝާދު ދިވެހި ފުލުހުންގެ ޚިދުމަތަށް ދެމުން ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވި އެވެ. އަދި އޭނާ އަރުޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން އެ އޮފީހުގެ ލަފަޔަކަށް އެދިފައިވެސް ނުވާ ކަމަށާއި މިކަން ހިނގާފައިވަނީ މައްސަލަ ތަޙުޤީޤުކުރާ ފަރާތާއި، ތަޙުޤީޤުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތިކަމަށް ވެސް އެ އޮފީހަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top