Close

ފުވައްމުލައް ސިޓީއަަށް ކުރެއްވި ދަތުރުފުޅަށް ފަހު މެޑަމް ފަޒުނާ މާލެ ވަޑައިގެންފި

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު ހެނދުނު މާލެވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބުދަ ދުވަހުގެރޭ ފުވައްމުލައް ސިޓީ އިބަމަ މެންބަރުންނާ ބައްދަލުކުރައްވާ، އިބަމައިގެ މަސައްކަތްތައް ހިނގަމުންދާގޮތުގެ މަޢުލޫމާތު ހޯއްދަވާފައި ވެއެވެ. އަދި ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން އެ ސިޓީގައި ބޭއްވި ޙަފްލާ އެކަމަނާ ޝަރަފުވެރި ކޮށްދެއްވި އެވެ.

އެކަމަނާގެ ދަތުރުފުޅުގައި ހުކުރު ދުވަހު ވަނީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ ޢުމުރުން އެންމެ ދުވަސްވީ ދެ އިސްރައްވެހިންގެ ގެއަށް ޒިޔާރަތް ކުރައްވާ އެބޭފުޅުންގެ ޙާލު ބައްލަވާފަ އެވެ. އަދި އެ ދުވަހު ހަވީރު އެކަމަނާ ވަނީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ "ތްރީ ޖެނެރޭޝަން ވޯކު" އަދި އާއިލީ ހަވީރުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އ.ދ. ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑަރ ޕަރސަންސް އިން އަ ޗޭންޖިންގ ވަރލްޑް" އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top