ގްރޭޑް 3 އަދި 4 ގައި ކިޔަވާ ސްކޫލް ކުދިންގެ "ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރިކޮށްދެއްވައިފި އެވެ.
ހެންވޭރު ބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތަކީ ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެންކުރިއަށް ގެންދިޔަ މުބާރާތެކެވެ.
މި މަހުގެ 19 އިން 22 އަށް ކުރިއަށްގެންދިޔަ މި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވެފައި ވެއެވެ.
މި ރަސްމިއްޔާތުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ފަރާތުން ވަނީ "ފިއެސްޓާ ލޯގޯ" ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފިއެސްޓާގެ ޗެންޕިއަން ޓީމުތަކަށް މެޑަލް އަދި ތަށި ޙަވާލުކޮށްދެއްވާފަ އެވެ.






