Close

ހަފުލާއެއްގެ ނިމުން ފާހަގަކުރުމަށް ގދ. ތިނަދޫގައި މިރޭ ހަވާ އަރުވަނީ

ފޮޓޯ: ނައުޝަމް ވަހީދް

ހަފުލާއެއްގެ ނިމުން ފާހަގަކުރުމަށް ގދ. ތިނަދޫގައި މިރޭ ހަވާ އަރުވާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ހަވާ އަރުވަނީ އެ ރަށުގައި ކުރިޔަށްދާ “13 ވަނަ އެސް.ޓީ.އޯ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022” ނިންމުމުގެ ރަސްމިއްޔާތުގައި ކަމަށް އެ ކައުންސިލުން ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލުން ވިދާޅުވީ ހަވާ އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ ތިނަދޫ ސްޓޭޑިއަމްގައި މިރޭ 8:30 ގައި ކަމަށެވެ. އަދި ހަވާ އަރުވާނީ 13 ވަނަ އެސް.ޓީ.އޯ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022 ނިމުމަށް ފަހުގައި ކަމަށެވެ.

މިމަހުގެ 22 ވަނަ ދުވަހު އެ ރަށުގައި ފެށި އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި މިއަދު ކުރިޔަށް ދަނީ ފައިނަލް ބުރެވެ.

މީގެ ކުރިން ވެސް ތިނަދޫގައި މި މުބާރާތް ބާއްވާފައިވާއިރު، އެންމެ ފަހުން ތިނަދޫގައި މި މުބާރާތް ބާއްވާފައި ވަނީ 2014 ވަނަ އަހަރު އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top