ދީނީ އިލްމުވެރިޔާ މުފްތީ މެންކް، ދީނީ ދަރުސް ދެއްވުމަށް އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސް، އެ ސިޓީގައި އޮންނާނީ މިރެއެވެ.
އައްޑޫ ސިޓީގެ އައްޑޫ ހައިސްކޫލުގައި އޮންނަ މި ދަރުހުގެ މައުޟޫއަކީ ”ޕްރޮޑަކްޓިވް މުސްލިމް” އެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަރުސްވެސް އޮންނާނީ ރޭގަނޑު 8.45 ގައެވެ.
މުފްތީ މެންކްގެ މި ދަތުރުފުޅުގައި ވަނީ މާލެއާއި ފުވައްމުލައް ސިޓީގައި ދަރުސް ދެއްވާފަ އެވެ. އަދި ހުޅުމާލޭގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސް އޮންނާނީ 31 އޮކްޓޯބަރު ސިންތެޓިކް ޓްރެކްގަ އެވެ.
މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.






