Close

އައްޑަނަ މަޖައްލާގެ އިތުރު އަދަދެއް ޝާއިއުކޮށްފި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ، "އައްޑަނަ" ގެ 32 ވަނަ ޢަދަދު، މިއަދު ޝާއިޢުކޮށްފި އެވެ.

މިއަދު ނެރުނު ޢަދަދުގެ ތީމަކީ، "ދިފާޢީ އައްޑަނަ" އެވެ. މިގޮތުން ރާއްޖޭގެ ފުންނާބު އުސް ޢިލްމީ ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް މި އަދަދުގައި ހިމަނާފައި ވެއެވެ.

އޭގެ ތެރޭގައި، ޤައުމިއްޔަތު، އިޖުތިމާޢީ، ދީނީ، ޞިއްޙީ، ތާރީޚު، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ރަހަތަކުގެ ލިޔުއްތައް ހިމަނާފައި ވެއެވެ.

ކޮންމެ އަހަރަކު ދެފަހަރު ޝާއިޢު ކުރަމުން އަންނަ އައްޑަނަ މަޖައްލާއަކީ، ސަރުކާރުގައި ރަޖިސްޓްރީކޮށްގެން 2007 ވަނަ އަހަރުން ފެށިގެން އާންމުކޮށް ނެރެމުން އަންނަ މަޖައްލާ އެކެވެ.

މިގޮތުން މި މަޖައްލާ ޝާއިޢުކުރަމުން ދަނީ ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާއި ނަޞްރުގެ ދުވަހުގެ މުނާސަބަތުގަ އެވެ.

މި އަދަދު ގިނަ ބަޔަކަށް ކިޔާލަން މަގުފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކިޔާލެވޭ ގޮތަށް އެމްއެންޑީއެފް ވެބްސައިޓްގައި މިހާރު ޝާއިޢުކުރެވިފައިވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top