ބ. ދަރަވަންދޫ އަށް ބޮޑުހިލައިގެ 3 ވަނަ ޝިޕްމެންޓް ގެންގޮސްފި އެވެ.
މިއީ އެމްޓީސީސީގެ ފަރާތުން އެރަށު، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމެންޓެކެވެ.
އެ ކުންފުނިން ވިދާޅުވީ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ %51 ވެސް މިހާރުވަނީ ނިންމާލެވިފައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅައި، 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ. އަދި 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މިއީ 22.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.






