Close

ދުންފަތުގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ: ރައީސް

ދުންފަތުގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހް ކުރުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ނެވެ.

މީގެ ކުރިން ސަރުކާރުތަކުން ކުރަން ފަސްޖެހުނު ބައެއް ކަންތައްތައް މިހާރު ވަނީ ތަންފީޒު ކުރަން ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އޭގެ ތެރެއިން އެއް ކަމަކީ، ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގައި ފޮޓޯ ޖެހި އިންޒާރުގެ މެސެޖްތައް ޖަހަން ފެށުން ކަމަށެވެ.

"ވަރަށް ބޮޑު ހުރަސްތަކެއް އަޅުގަނޑުމެންނާ ކުރިމަތިވި. ގޮންޖެހުންތަކެއް ކުރިމަތިވި، މިކަން ފަށައިގެން އައިއިރު. އެހެންނަމަވެސް، އެކަން ތަންފީޒު ކުރެވެމުން މިހާރު އެބަދޭ. ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓައިލުމަށް ބޭނުންވާ "ނެޝަނަލް ސެޒޭޝަން ޓޫލް ކިޓް" ތައްޔާރުކޮށް ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަކުން މިހާރު ދެވޭގޮތަށް ހެލްތު މިނިސްޓްރީން ވަނީ ހަމަޖައްސައިފައި. އެ ޚިދުމަތް އެބަ ލިބޭ. އަދި ސެޒޭޝަންގެ ހުރިހާ ޚިދުމަތްތަކަކާއި ބޭހުގެ ޚަރަދު އާސަންދައިން ވަނީ ހަމަޖައްސައިދީފައި." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް އެމަނިކުފާނު ވިދާޅުވީ ކުޅިވަރާއި ކަސްރަތު ކުރުމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކުރުމަށް، ޔޫތު މިނިސްޓްރީން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އައުޓްޑޯރ ޖިމްތަކާއި، ފުޓްބޯޅަ އާއި ފުޓްސަލް އަދި ވޮލީ އާއި އެނޫން ކުޅިވަރު ކުޅޭނެ އިންތިޒާމުތައް ރަށްރަށުގައި ގާއިމުކުރެވެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top