Close

އަޒްހަރް ޔުނިވަރސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތައް ނައިބު ރައީސްގެ އަރިހަށް!

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި ކިޔަވަމުންދާ ދިވެހިދަރިވަރުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ދަރިވަރުންގެ ހާލު އޮޅުންފިލުއްވައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްދާގޮތް އޮޅުންފިލުއްވާފަ އެވެ. ދިވެހިދަރިވަރުން ވަނީ ސްޓޫޑެންޓް ލޯނާ ގުޅިގެންނާއި އަދި އެނޫންވެސް ދަރިވަރުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ފަހިކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދަރިވަރުންގެ ފަރާތުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިޞްރަށް ވަޑައިގެން އުޅުއްވަނީ މިޞްރުގެ ޝަރްމުއްޝެއިޚްގައި ކުރިޔަށްދާ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ހިމެނޭ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27) ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top