Close

ޝިމާޒަށް ދިން ހަމަލާ ނަހުލާ އާއި ޖޭޕީ އިން ކުށްވެރިކޮށްފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ދިން ހަމަލާ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުށްވެރިކޮށްފިއެވެ.

ނަހުލާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެކަމުގެ ތެރޭގައި އެކަމަނާގެ އާއިލާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލިމުގެ ހުތުރު އަމަލުތަކެއް ކަމަށެވެ.

މައްސަލައެއް ބަލަމުންދާ ދަނޑިވަޅެއްގައި އެކަމަށް ނުފޫޒު ފޯރާގޮތަށް، އެ ކަމަނާގެ އާއިލާއަށް ނިސްބަތްކޮށް ދައްކާ ވާހަކަތަކަކީ އަބުރުކަތިލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

މިކަމާއިގުޅިގެން ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެފައިވަނީ ޝިމާޒަށް ހަމަލާދިން ކަމަށްވާނަމަ އެކަން ޖޭޕީން ކުށްވެރި ކުރާ ކަމަށާއި އެ މައްސަލައިގަ އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލައްވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުކޮށް ޝިމާޒުގެ ކޮރަޕްޝަން މައްސަލައެއް ބަލާ މައްސަލަތަކެއްގައި ނަހުލާ ވަނީ، ޝިމާޒު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްދިނުމަށް ރައީސަށް ދަންނަވާފަ އެވެ.

މިކަމުގައި މިހައިތަނަށް ޝިމާޒަށް ފިޔަވަޅު އަޅާފައިނުވާއިރު، އެ ތުހުމަތުތައް ޝިމާޒު އަންނަނީ ދޮގު ކުރައްވަމުން ނެވެ.

ޝިމާޒަށް ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގައި މަގުމަތިން ނެވެ. އެހަމަލާގައި އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދިނުލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top