Close

ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއްޖެ

ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއްޖެ އެވެ.

މި މަސައްކަތް ކުރާ އެމްޓީސީސީ އިން ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމްޓީސީސީ އިން ވިދާޅުވީ މިހާރުކުރިއަށް ދަނީ މިހާރު ހުރި ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެނެސްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ. އަދި 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުމަށް ވެސް ނިންމާފައި ވެއެވެ.

42.6 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top