Close

ޖިއަންގ ޒިމިން އަކީ ޗައިނާގެ ތަރައްގީގެ ގިނަ މަސައްކަތެއް ކުރެއްވި ލީޑަރެއް: ރައީސް

ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި، ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވުމާއި ގުޅިގެން މުޅި ޗައިނާ ހިތާމަ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވާފައި ވެއެވެ.

އެގައުމުގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަކީ ދުރު ވިސްނުމާއެކު އެ ޤައުމުގެ ރައްޔިތުންނަށް އިޖްތިމާއީ އަދި އިގްތިސާދީ ފުދުންތެރިކަން ހޯއްދަވައިދެއްވުމަށް އަދި ބައިނަލްއަގްވާމީ މައިދާނުގައި ވެސް ޗައިނާއަކީ ފާހަގަކޮށްލެވޭފަދަ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ހެދުމަަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ލީޑަރެއްގެ ގޮތުގައި ހަނދާންކުރެވިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

އެ މެސެޖުގައި، މި ހިތާމައިގެ މިދަނޑިވަޅުގައި ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top