އެއްވަނައަށް ދާ ފަރާތަކަށް 4ކޭ ސްމާޓް ޓީވީއެއް ހުށަހަޅައި، އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް 3 ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.
އުރީދޫ ނޭޝަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ބައުވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 15 ޑިސެމްބަރ 2022 ގެ ކުރިން ރެޖިސްޓްރީވާން ޖެހެ އެވެ.
އެގޮތުން http://ore.do/fifa23 މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެ ކަމަށް އެ ކުންފުނިން ވިދާޅުވި އެވެ.
މި ޑިސެމްބަރ މަހުގެ 16 ގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންގ ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން ބާއްވާ މުބާރާތެކެވެ. މިއީ މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނޭ ހަތަރު ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ރަޖިސްޓްރީކޮށްފައިވާ ބައިވެރިން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭ ގޮތަށް 4 މަރުހަލާއެއްގައި ވާދަކުރާއިރު، އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް ބައިވެރިން އަމަލުކުރަން ޖެހެއެވެ.
1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދާ ބައިވެރިންނަށް އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް ގެ ގިފްޓް ޕާޓްނަރު ރެޑްވޭވްއިން އަގުހުރި އިނާމުތަކެއް ވަނީ ހަމަޖެހިފަ އެވެ.
އިނާމުތަކުގެ ތެރޭގައި ހިމެނެނީ:
- 1 ވަނައަށް ދާ ފަރާތަށް ނިކާއީ 65" ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީ
- 2 ވަނަ އަށްް ދާ ފަރާތަށް ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް)
- 3 ވަނަ އަށްް ދާ ފަރާތަށް ހައިސެންސް ބާ އެޗްއެސް201-60 2.0 ޗެނަލް ސައުންޑްބާ
އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމް ކުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާނުކުރި މުބާރާތެކެވެ.






