Close

އޯ.އޭ.ސީ.ޕީ.އެސް ގެ މެމްބަރު ގައުމުތަކުގެ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެ: ޝާހިދު

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ މެމްބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ އެއްގޮތް ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު (ނ.ޢ.ޢ.ވ) ދެއްވައިފި އެވެ.

އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ (އޯ.އޭ.ސީ.ޕީ.އެސް.) ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ދެއްވި ގައުމީ ބަޔާނުގަ އެމަނިކުފާނު ވަނީ، ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް ރާއްޖެ އާއި އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު އެހެން ގައުމުތައް އަބަދު ވެސް ގުޅިފައިވަނީ އެއްގޮތް އަސާސްތަކާއި ގޮންޖެހުންތަކުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިގޮންޖެހުންތަކަށް ހައްލު ހޯދުމަށް ރާއްޖޭގެ ތަޖުރިބާ ހިއްސާކޮށް، އެ ޖަމިއްޔާގެ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤިންކަން އަރުވާފައި ވެއެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށާއި، އެ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަށް މަރުހަބާ ދެންނެވިކަމަށްޓަކައި ހުރިހާ މެންބަރު ގައުމުތަކަށް ޝުކުރު ވަނީ އަދާކުރައްވާފަ އެވެ.

އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު ޤައުމަކަށް ރާއްޖެ ވީ އެ ޖަމިއްޔާގެ ހުރިހާ މެންބަރު ގައުމުތަކުގެ އިއްތިފާގން ނެވެ. (ތީމް) މި ޝިއާރުގެ ދަށުން ބާއްވާ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ 10 ވަނަ ބައްދަލުވުން ކުރިއަށްދަނީ މިހިނގާ ޑިސެންބަރު މަހުގެ 6 އިން 9 އަކަށެވެ.

މި ސަމިޓުގައި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top