Close

އުރީދޫ ފުޓްބޯލް ފޯރި ލަކީ ޑްރޯގެ ހަތަރު ނަސީބުވެރިންނަށް ޓިކެޓް ހަވާލުކޮށްފި

ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުގައި ފްރާންސް އާއި މޮރޮކޯ ބައްދަލުކުރި މެޗު ގަތަރުގައި ލައިވްކޮށް ބަލާލުމަށް އުރީދޫ ފުޓްބޯލް ފޯރީ ލަކީ ޑްރޯގެ ހަތަރު ނަސީބުވެރިންނަށް އުރީދޫ މޯލްޑިވްސް އިން ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މި ލަކީޑްރޯއަކީ ސުޕަރނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރި ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި މޫލީ މެދުވެރިކޮށް ޝޮޕިންގ ކުރާ ކަސްޓަމަރުން ނުވަތަ އެމް-ފައިސާގެ ހިދުމަތުގެ މުއާމަލާތްކުރާ ކަސްޓަމަރުން ހިމެނޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ލަކީޑްރޯއެކެވެ.

މި ލަކީޑްރޯ ކުރިއަށް ގެންދިޔައީ މި އަހަރުގެ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 31 އޮކްޓޯބަރު ގެ ނިޔަލަށެވެ.

މި ނަސީބުވެރިން އެންމެ ފުރަތަމަ ހޮވާފައިވަނީ 7 ނޮވެމްބަރު ގައި ރާއްޖެ ޓީވީން ރޯޑް ޓު ވޯލްޑްކަޕް ޝޯވގައި ލައިވްކޮށެވެ. ފުރަތަމަ ހޮވުނު ނަސީބުވެރިންގެ ތެރެއިން ބައެއްފަރާތްތަކަށް ދަތުރު ނުކުރެވޭތީ 12 ޑިސެމްބަރު ގައި ރެޑްރޯ އެއް ނަގާފައިވާ ކަމަށް ވެސް އުރީދޫ އިން ވިދާޅުވެ އެވެ.

ގަތަރަށް ދަތުރުކުރާ ނަސީބުވެރިންނަކީ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރު، އަހުމަދު މައުރޫފް، އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރ ހާފިޒް ސައީދެވެ. މި ފަރާތްތަކަށް ގަތަރަށް ރިޓަރން ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ބެލުމަ ސްޓޭޑިއަމްގެ ޓިކެޓް ލިބިވަޑައިގަންނަވަ އެވެ.

މި ހަތަރު ނަސީބުވެރި ފަރާތުން ގަތަރުގައި 4 ދުވަހާއި 3 ރޭ ތިބޭއިރު، ފީފާ ވޯލްޑް ކަޕް ގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ލަކީޑްރޯއަކީ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕްގެ ތަޖުރިބާ އެއް ހޯދައިދިނުމުގެ މަގްސަދުގައި ފެށި ގިނަ ހަރަކާތްތަކާއި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

މި ލަކީޑްރޯގެ އިތުރުން އުރީދޫ އިން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ އެކު ހާއްސަ ލަވައެއް ތައާރަފްކޮށްފަ އެވެ. އަދި އާޓިފިޝަލް ބީޗްގައި ކުޑަކުދިންނަށް ހާއްސަ ފުޓުބޯޅައިގެ ހަވީރެއް ވެސް ބާއްވާފައި އެވެ.

ފީފާ ވޯލްޑް ކަޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، މެޗުތަކުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުރީދޫ ފަންޒޯންތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް އުރީދޫގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކުްނފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަޖުރިބާ ހޯދުމަށާއި ތަޖުރިބާ އިތުރުކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top