Close

ޕާކިސްތާނުގެ ދީނީ އިލްމުވެރިން ރާއްޖެއަށް ދިނީ ދަރުސް ދެއްވުމަށް ގެނައުމާބެހޭ ގޮތުން މަޝްވަރާކޮށްފި

ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެން މިނިސްޓަރާ ބައްދަލުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މަރުޙަބާ ދެންނެވި އެވެ. އަދި މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވި އެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށް، ސްކޫލު އުމުރުފުރާގެ ކުދިންނަށް ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމްތަކުގެ މަޢުލޫމާތު މިނިސްޓަރ ވަނީ ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްކޫލުދައުރުގައި އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވައިދީ، ކިޔައިދެވިއްޖެނަމަ އެކުދިން ބޮޑެތިވެގެން ގޯސް މަގަކުން ނުދާނެކަމަށް ވިދާޅުވިއެވެ. އަދި ހަމަ އެއާއިއެކު މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ އިރު ޕާކިސްތާނުގެ އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވައި، އެފަދަ ދާއިރާތަކުން ވެދެއްވެންހުރި އެހީތެރިކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ މި ބައްދަލުވުމުގައިވަނީ ޕާކިސްތާނުގެ ދީނީ އިލްމުވެރިން ރާއްޖެއަށް ދިނީ ދަރުސް ދެއްވުމަށް ގެނައުމާބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައިވާ ދާއިރާތަކުން އިތުރު ތަމްރީނު ލިބޭނެ މަގު ފަހިކޮށްދިނުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ޑރ. އަޙްމަދު ޒާހިރު ޢަލީގެ އިތުރުން ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ބައިވެރިވެވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top