Close

ޕީޕީއެމް ގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ދައުރުވަނީ

ޕީޕީއެމް ގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން އެދިއްޖެއެވެ.

އެ ޕާޓީން މިކަން ސަމާލުކަމަށް ގެނެސް ކޮށްފައިވާ ޓްވީޓުގައި ވަނީ ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމަށެވެ. އަދި އެ މެސެޖްގައިވާ ލިންކަށް ނުވަނުމަށް އެދޭ ކަމަށެވެ.

ދައުރުވަމުންދާ މެސެޖުގައި ތިޔަފަރާތުގެ ޕެކޭޖު ޑެލިވަރީ ނުކުރެވިގެން އުޅެނީ ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ކަމަށާއި އަދި ފައިސާ ދެއްކުމަށް ލިންކަކަށް ވަނުމަށް އެދިފައި ވެއެވެ.

ޕީޕީއެމް ގެ ނަމުގައި މިފަދަ މެސެޖުތަކެއް ދައުރުވަމުންދާއިރު، އިންތިހާބީ ރައީސް ޑރ. މުހަައްމަދު މުއިއްޒުގެ ނަންފުޅުގައި ވެސް މީގެކުރިން ވަނީ ސައްހަ ނޫން މެސެޖުތަކެއް ދައުރުވެފައެވެ.

އެ ކޯލިޝަނުން ވަނީ އިންތިހާބީ ރައީސްގެ ނަންފުޅުގައި އޭރު ދައުރުކުރަމުންދިޔަ އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވައި، އެ ކަން ހުއްޓުވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވައިލާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top