Close

އިމާމުންނަށް ޕީއެޗްޑީ ޕްރޮގްރާމެއް ފަށަން ނިންމައިފި

ސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާ ހާސިލްކޮށްފައިވާ އިމާމުންނަށް ރާއްޖެއިން ބޭރުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ފެށުމަށް އާ ސަރުކާރުން ނިންމައިފިއެވެ.

މިކަން ޢިއުލާންކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓަ ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަސިޓީ އަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

މިސްރާއި ސައުދީ އަރަބިއްޔާއާއި މެލޭޝިޔާއާއި ބުރޫނާއި އަދި އިންޑޮނީޝިއާ އިން ތަމްރީނުގެ ފުރުސަތު އިމާމުންނަށް ހޯދައިދެއްވާނެ ކަމުގައި ވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top