ޕީޕީއެމްގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އިސްވެ ހުންނަވާ، އަލަށް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީގެ ނަން ރޭ ޢިއުލާން ކޮށްފިއެވެ.
މި ޕާޓީއަށް ކިޔަން ނިންމާފައި ވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އެވެ.
އެ ޕާޓީގެ ލޯގޯ ވެސް ރޭ ނެރެފައިވާއިރު އެ ޕާޓީގެ ރަސްމީ ކުލަ އަކީ ދަނބު ކުލައެވެ.
މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާނެ ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅުވެފަ ވެއެވެ.






