ކުރީގެސަރުކާރުގައި މަސްވެރިންނަށް ނުދީ ހުރި ފައިސާ ދެއްކޭނެ ގޮތަށް ހަމަޖައްސަން ފިޝަރީޒް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދުގައި އިއްޔެ މަޝްވަރާކޮށްފިއެވެ.
ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ބައެއް މީޑިއާތަކަށް ވިދާޅުވީ، އިގްތިސާދީ ދަތި ހާލަތާ އެކުގައި ވެސް މި ސަރުކާރުން މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ވަރަށް އަވަހަށް ބާކީ 170 މިލިއަން ރުފިޔާ މަސްވެރިންނަށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަވެއެވެ.






