Close

ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީން އުފައްދާ ހުރިހާ ދިޔާ ބޭހެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާ

ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް، ލާހޯރުން އުފައްދާ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ އެކަން އަންގައި މިއަދު ސަމާލުގެ މެސެޖެއް ނެރެފައެވެ.

މި މެސެޖުގައި އެމްއެފްޑީއޭއިން ބުނީ ޕާކިސްތާންގެ އެ ކުންފުނިން އުފައްދާ ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް އެ ގައުމުގެ ބޭސް ރެގިއުލޭޓަރީ އޮތޯރިިޓީން އަންގާފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެގޮތައް ނިންމީ ކަމަށެވެ.

އެހެންކަމުން ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް، ލާހޯރު އިން އުފައްދާ ދިޔާ ބޭސްތަކުން ވެސް މި މައްސަލަ ފާހަގަކުރެވިފައިވުމާއެކު، އެ ކުންފުނިން އުފައްދާ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަމަށް އެމްއެފްޑީއޭ އިން ބުނެފަވެއެވެ.

ރާއްޖޭގެ މާކެޓްގައި ހުރި މި ކުންފުނީގެ ދެ ބޭހަކުން މި ކެމިކަލް ފެނުމުން މިހާރު އެ ބޭސްތައް ވަނީ މަނާކޮށްފައެވެ. އެއީ ކެއްސުމާއި ހުމުގެ ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހެއްކަމަށްވާ ސިޓްރިޒަން އޯރަލް ލިކުއިޑް 5އެމްޖީ/5އެމްއެލް ގެ ބްރޭންޑެއް ކަމަށްވާ Alergo އަދި ހޮޑު ބޭހެއް ކަމަށްވާ ''އެމިޑޯން ސަސްޕެންޝަން' އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top