މުދަލަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މުދަލަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހޯދަމުން އަންނަ ކަމަށެވެ.
އެމީހާ ފެންނަ ވީޑިއޯ އެއް ވެސް ފުލުހުން އާންމުކޮށްފައިވާއިރު، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެއެވެ.
މުދަލަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހޯދަނީ
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން. pic.twitter.com/aKthw52vRv
— Maldives Police (@PoliceMv) December 12, 2023
ބެލެވޭ ގޮތުގައި މިއީ އައްޑޫ ސިޓީގެ ރަށެއްގައި ހިނގާފައިވާ ކަމެކެވެ.
ނަމަވެސް، އެއީ ކޮން ރަށެއްކަން ފުލުހުން ނުބުނެއެވެ.






