ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި މަޖިލީހުގެ ޕްރައިމަރީ އަށް ގދ. ވާދޫއިން ވާދަ ކުރަން ކުރިމަތިލި ކެންޑިޑޭޓް ނަވާޒް ސައީދުގެ ނަން އަނބުރާ ނަގައި، އަނެއް ކެންޑިޑޭޓް މަޙްމޫދު ޝަފީޤް (މަހާ) އަށް ތާއީދުކޮށްފިއެވެ.
ނަވާޒް ސައީދު ވަނީ ސޯސަލްމީޑިއާގައި އެކަން ޢިއުލާން ކޮށްފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމުތައް އަދާކުރެއްވި މަހާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތެއް ކޮށްފައެވެ.






