Close

ރައީސް މުޢިއްޒުގެ ތުރުކީ އަދި ދުބާއީ ދަތުުރުފުޅަށް ޚަރަދުވީ 3.4 މިލިއަން!

ރައީސް ޑރ މުޙައްމަދު މުޢިއްޒު ގެ ދެކަނބަލުން ތުރުކީވިލާތައް ކުރެއްވެވި ދަތުެރުފުޅު. ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށާއި ދުބާއީ އަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުތަކަށް ޚަރަދު ވެފައިވަނީ 3.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގެ ތެރޭގައި މިޢަދަދު ތައް ހާމަ ކުރައްވައިފައިވާއިރު އެތަފްސީލު ތަކުގައި ވާ ގޮތުން ރައީސްގެ ދެ ދަތުރުފުޅަށް ޚަރަދު ކުރައްވައިފައިވާ ފައިސާއިން އެންމެ ބޮޑު އެއްޗެއް ޚަރަދުުރައްވައިފައިވަނީ ޓިކެޓަށެވެ. ހުރިހާ ޓިކެޓަކަށް ޖުމްލަ 2.4 މިލިއަން ޚަރަދު ވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިދަތުރުފުޅުގައި ޖުމްލަ 28 ބޭފުޅަކު ބައިވެރިވެފައިވާއިރު ތުރުކީވިލާތުގެ ދަތުރުފުޅުގައި އެކޮމަޑޭޝަން އަދި ކެއުމުގެ ޚަރަދުތައް އެހުރިހާ އެހުރިހާ ބޭފުޅުންނަށްވެސް ހަމަޖައްސަވައިފައިވަނީ ތުރުކީވިލާތުގެ ސަރުކާރުންނެވެ.

ތުރުކީވިލާތައް ކުރެއްވެވި ދަތުރުފުޅަކީ 4 ދުވަހަށް ކުރެއްވެވި ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް އެމަނިކުފާނު ކުރެއްވެވި ދަތުރުފުޅެކެވެ.

ދުބާއީ ދަތުރުފުޅުގައި އެކޮމަޑޭޝަން އާއި ކެއުމުގެ ޚަރަދު ހަމަޖައްސައި ދެއްވައިފައިވަނީ 10 ބޭފުޅަކަށެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top