Close

ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން، ވަޒީފާ ހަމަޖެއްސުމުގެ އުޞޫލެއް އެކުލަވާލަވައިލަނީ!

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޚާއްސަ އެހީއަށް ބެނުންވާ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން، ވަޒީފާ ހަމަޖެއްސުމުގެ އުޞޫލެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފއެވެ.

މިކަން ހާމަކުރައްވައިފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބެވެ.

ޝަހީބު ވިދާޅުވީ މިއަދުގެ ވަޒީރުންގެ ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ސިޔާސަތު ކަނޑައަޅުއްވާފައިވާ ތާވަލާ އެއްގޮތަށް ތަންފީޒުކުރައްވަން ފަށްޓަވަން ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަހީބް ވިދާޅުވީ އެކަމާއި ގުޅޭ މަސައްކަތްތައް، ސަރުކާރުގެ އޮފީސްތަކާއި ވުޒާރާ ތަކުން ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

މީގެއިތުރުން އެ މަސައްކަތަކީ ވަރަށް ފުޅާދާއިރާއެއްގައި ކުރެވޭނެ މަސައްކަތެއް ކަމަށް ވުމާއިއެކު، ކަމާއި ގުޅޭ އެހެނިހެން މިނިސްޓްރީތަކުގެ މަޝްވަރާއާއި ލަފާގެ މަތިން މި ސިޔާސަތަށް އިތުރު ކުރައްވަން ޖެހޭ ބައިތައް މިއަދު ކެބިނެޓް ބައްދަލުވުމުގައި އިތުރު ކުރައްވާފައިވާ ކަން ވެސް ޝަހީބް ފާހަގަކުރެއްވި އެވެ.

ޝަހީބް ވިދާޅުވީ އެފަދަ ފަރާތްތަކަށް ފަހިވާނެ ގޮތަށް، ޕްލޭނިންގ އަދި ކޮންސްޓަރަކްޝަންއާ ގުޅޭ ގަވާއިދަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ވޭހާވެސް އަވަހަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމުގެ ވަޢުދުފުޅަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އދ މަހިބަދޫ އަށާއި، ބ.ކަމަދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެވަޑައިގެންނެވި ވަޢުދެކެވެ.

 

 

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top