ރާއްޖޭގެ މުވާސަލާތީ ކުންފުނި، ދިރާގުން ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކުލާހަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މިއީ ރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ވެދިން އެހީތެރިކަމެކެވެ.
ދިރާގުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ލާނިން ސަޕޯޓް ކުލާހަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމް، މަލްޓިފަންކްޝަނަލް ޕްރިންޓަރު، ހެޑްސެޓް، ކްލާސްރޫމް ސެޓަޕަށް ބޭނުންވާ ބީންބޭގްތައް އަދި ފްލޯމެޓް ހިމެނެ އެވެ.







