Close

މާލިއްޔަތު ކޮމިޓީއިން މުސާރައަށް ބޮޑުކުރި ބައި ރައީސް ހަދިޔާ ކުރައްވަނީ އިޖްތިމާޢީ ފަންޑަކަށް!

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ރައީސް އާއި ނައިބުރައީސް އާއި ވަޒީރުން އަދި މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އެހެންވެސް އިސް ބޭފުޅުންގެ މުސާރަ ބޮޑު ކުުރުަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ވަނީ ފާސްކޮށްފައެވެ.

މިކަމާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިކަމަކީ ސަރުކާރުން އެދޭ ކަމެއް ނޫން ކަމަށެވެ.

“ރައީސް، ނައިބުރައީސް ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައެއް ނުވާނެ، އަދި ބޮޑު ކުރާކަށް ބޭނުމެއްވެސް ނޫން” ރައީސް ޑރ މުޢިއްޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިކަމާއި ގުޅިގެން ރައީސް ވިދާޅުވެފައިވަނީ އެއްެވެސް މަޝްވަރާ އަކާއި ނުލައި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާކުރަން އެމަނިކުފާނު ނިންމަވައިފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީއިން ގެންނަން ފާސްކުރި މި ބަދަލާއި އެކު ސަރުކާރުގެ އިސްވެރިންގެ މުސާރަަތައް ވަރަށް ބޮޑުތަނުން ބޮޑުވެގެންދެއެވެ. މަޖިލީހުގެ މެމްބަރުންގެ މުސާރައަށްވެސް އައްޑިހަހާސް ރުފިޔާ ޖެހޭނެއެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހުން ފާހަގަ ކޮށްލެވޭ ގިނަ ބަޔަކު ދަނީ މިކަމާއި ގުޅިގެން ފާޑު ކިޔަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top