Close

ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންނަށް ޚުތުބާ ކިޔައި އިމާމްވުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުޙީބެއް!

އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީސަޢީދު.

ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން ނިންމާ ކުރި އިޢްލާނަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒަރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނީ ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ސްކޫލު ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން ނިންމާ ކުރި އިއުލާނަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފައިވާ ކަމަށެވެ.

އެގޮތުން ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10، 11، 12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ޒުވާނުންނަށް، އިމާމުވެ ހުކުރުކޮށް ޚުޠުބާކިޔުމުގެ ހުއްދަ ދޭން ނިންމާ ކުރި އިއުލާނަށް މިހާތަނަށް 70 ފަރާތަކުން ވަނީ ފޯމު ހުށަހަޅައިފައި ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

އަދި މި އިއުލާނާއި ގުޅޭގޮތުން ގިނަ ފަރާތްތަކުން ގުޅާ މައުލޫމާތު ސާފުކޮށް ފޯމު ހުށަހެޅުމުގެ ޝައުގުވެރިކަންވެސް ދަނީ ފާޅުކުރަމުން ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ޝަޢުޤުވެރިވާ ދަރިވަރުންނަށް ބައިވެރިވޭނޭ ގޮތަށް އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހުޅުވާލއިފައި ކަމަށާއި، މިއީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަޠީބުންނާއި، އިމާމުން ލިބުމުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމެއްމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެކި ވަޑައިގަނަވާ ކަމަށްވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top