Close

އެއްބައިވަންތަކަމުގެ ދުވަސް ފެށާނީ ފަތިސް ނަމާދުގެ ޖަމާޢަތުން!

މިނިވަން ދުބަސް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޑީއެފުން ބޭއްވި ފަތިސް ނަމާދުގެ ބޮދު ޖަމާޢަތެއް. ފޮޓޯ:އެމްއެމްޑީއެފް

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތައް ފެށާނީ ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދުން ކަމަށްދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނީ އެދުވަހާއި ގުޅޭ ޚާއްސަ އިތުރު ހަރަކާތްތަކެއް ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެވުޒާރާއިން ބުނީ ޤައުމީ އެއްބައި ވަންތަކަމުގެ ދުވަސް ފެށުމަށް ހަމަޖެހި ފައި ވަނީ 2023 ޑިސެންބަރު 26 ވާ އަންގާރަ ދުވަހު ފަތިހު މުޅި ރާއްޖޭގައި ކުރެވޭ ފަތިސް ނަމާދުން ކަމަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށެއްގައި ހުންނަ ބޮޑު މިސްކިތުގައި ޖަމާޢަތުގައި ފަތިސް ނަމާދުކުރުން އޮންނާނެ ކަަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

މާލޭގައި ބޮޑު ޖަމާޢަތުގައި ނަމާދު ކުރުން އޮންނާނީ މަސްޖިދުއައްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޒަމު ގަޔާއި ކިންގު ސަލްމާނު މިސްކިތު ގަޔާއި، ހުޅުމާލެ މަސްޖިދުލް އަލްޘާނީ ގަޔާއި ވިލިމާލެ މަސްޖިދުލް ބިއްރު ގައެވެ.

މީގެއިތުރުން ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއ ގެއްލުންވި މީހުންގެ ހަނދާނުގައ ހަމަހިމޭންކަމުގެ ސުކޫތެއް ގެނައުން އޮންނާނެ ކަމަށް އެވުޒާރާއިން އޮންނާނެއެވެ.

ސުކޫތު ގެނައުން އޮންނާނީ ސުނާމީ ގެ ރާޅު އެންމެ ފުރަތަމަ އެރި ގަޑި ކަމަށް ރެކޯޑު ކުރެވިފައިވާ ގަޑި ހެނދުނު 09:23 ގައި ރާއްޖޭގައި މީހުން ދިރި އުޅޭ ކޮންމެ ރަށަކުން ކަނޑައަޅާފައ ވާސޭފު ޒޯން ސަރަޙައްދުގައި ކަމަށް ވެސް އުވުޒާރާއިން ބުނެއެވެ. މާލެ ސަރަޙައްދުގެ އޮފީސްތަކުން އެ އޮފީސް އިމާރާތެއްގެ ބޭރަށް ނިކުމެ ސްކޫތުގައި ބައިވެރިވުން އޮންނާނެ ކަމަށްވެސް ވުޒާރާއިން ބުނެއެވެ.

ހަމަމިއާއި އެކު އެއްބައި ވަންތަކަން ރަމްޒުކޮށްދޭ ފަދަ ޙަރަކާތެއް ރާއްޖޭގެ ހުރިހާ ރަށެއްގައ ވެސް ކުރިއަށް ގެންދިއުމުގެ ގޮތުން އެމްޓީސީސީ ގެ ފެރީ ނިޒާމު މެދުވެރި ކޮށް އެއް ރަށުން އަނެއް ރަށަށް ކޭން ނުވަތަ ތަށި ބަރި އެއް ނުވަތަ ހަދިޔާއެއް ގެންގޮސް ދިނުމުގެ އިންތ ޒާމު އެމްޓީސީސީ އިން ހަމަޖައްސަވައ ދެއްވާފައި ވާކަން އެވުޒާރާއި އިން ފާހަގަ ކުރިއެވެ.

މިކަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކޭން ނުވަތަ ތަށި ބަރި ނުވަތަ ހަދިޔާ ތައްޔާރުކޮށް އެމްޓީސީސީ ފެރީ އާއި ހަވާލުކޮށްދެއްވުމަށް އެވުޒާރާއިން ވަނީ އެދިފައެވެ.

މިހުރިހާ ހަރަކާތް ތަކެއްގެ އިތުރުން އެދުވަހުގެ ރަސްމީ ޖަލްސާވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި މިއަހަރު ހަމަޖައްސައިފައިވަނީ “މިއީ އެއް ޤައުމެއް، އެއް ބައެެއް” ކަމަށް ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރައިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top