Close

ދައުލަތުގެ ތެރެއިން މީޑިއާ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މީޑިއާ ވިލެޖެއް ގާއިމް ކުރުމަށް ރައީސް މުއިއްޒު ނިންމަވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު ކެބިނެޓް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ތެރެއިން މީޑިއާ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މީޑިއާ ވިލެޖެއް ގާއިމް ކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ކެބިނެޓުން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައިފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަކުވުމެއްގައި ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމެވެ.

އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ކެބިނެޓާއި ރައީސް ޑރ މުޢިއްޒު މަޝްވަރާ ކުރައްވައި ނިންމެވި ކަންކަން ވިދާޅުވެ ދެއްވަމުން ނާޒިމް ވިދާޅުވީ މީޑިއާތަކަށް ދައުލަތުން އެހީވުމުގެ ދަށުން ހުށައެޅުނު ކަރުދާހުގައި މަޝްވަރާކޮށް ޚާއްސަކޮށް ދައުލަތުގެ ނިޒާމުގެ ތެރެއިން މީޑިއާތަކަށް ފައިސާ ހޯދަ ދިނުމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި މި މަޝްވަރާ ތަކުގެ ދަށުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ނިންމުނު އެންމެ މުހިންމު ނިންމުމަކީ މީޑިއާ ވިލެޖެއް އެކުލަވައިލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމާއިބެހޭ މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދިޔުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

“މީގެ އިތުުރުން ތަފްސީލުކޮށް ދައުލަތުގެ ބަޖެޓުން ވަކި އިންސައިތަ އެއް މީޑިއާތަކަށް ދިނުމަށްޓަަކައި ވާންޖެހޭ ތައްޔާރީތައް ކަމާއި ބެހޭ މިނިސްޓްރީ ތަކުން ކުރިއަށް ގެންދިޔުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމަވާފައި” ނާޒިމް ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުންވެސް އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ނިންމެވި މުހިންމު ކަންކަން ނާޒިމް ވަނީ ޚިއްސާ ކުރައްވައިފައެވެ.

އެގޮތުން ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑު ތަޢާރުފުކުރުމަށް، ވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުޢިއްޒު ވަނީ ނިންމަވައިފިއެވެ

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top