ގއ ވިލިގިނލިން މަހަށް ނުކުމެ އުޅުނު މީހަކު ކަނޑުމަތީގައި ޙާލު ދެރަވެ މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ވިލިނގިލީން މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން ދާންދޫ ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ރޭ 12:25 ހާއިރު ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ސެންޓަރަށް އެ މީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސެންޓަރާއި ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މި ހާދިސާގައި ނިޔާވެފައި ވަނީ އުުމުރުން 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.






