Close

މީލާދީ އައު އަހަރުގެ ތަހުނިޔާ ބޭރުޤައުމުތަކުގެ ރައީސުންނަށް ރައީސް މުއިއްޒު ފޮނުއްވައިފި!

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

މިއަދުފެށިގެން މިދިޔަ މީލަދީ އައި އަހަރުގެ ތަހުނިޔާ ބޭރު ޤައުމުތަކުގެ ރައީސުންނަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ރަޙްމަތްތެރި ޤައުމުތަކުގެ ވެރިންނަށް ރައީސް ޑރ މުޢިއްޒު ފޮނުއްވި މެސެޖުގައި، އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުތަކުގެ ވެރިންނަށާއި، އެޤައުމުތަކުގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

އަދި ކޮންމެ ޤައުމެއްގެ ރައްޔިތުންނަށްވެސް މިފެށޭ އާ އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވުމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ހަމަ އެއާއެކު، މި ފެށިގެންދިޔަ އައު އަހަރު، އެ ޤައުމުތަކާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުން އިތުރުވެގެންދިއުމަށް، އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.މީގެ އިތުރުން، ‌‌ރައީސް ޑރ މުއިއްޒު ވަނީ އައު އަހަރުގެ ތަހުނިޔާގެ މެސެޖު ދުނިޔޭގެ ބޮޑެތި ޖަމުޢިއްޔާތަކުގެ ވެރިންނަށް ވެސް ފޮނުއްވާފައެވެ.

އެގޮތުން ޔުނައިޓެޑް ނޭޝަންސް(އ.ދ)، ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)، އަދި ކޮމަންވެލްތް ފަދަ ޖަމިއްޔާތަކުގެ ވެރިންނަށް ވެސް އެމަނިކުފާނު ވަނީ އައު އަހަރުގެ ތަހުނިޔާ މެސެޖު ފޮނުއްވާފައެވެ.

ރައީސް މުޢިއްޒު ވަކިވަކިން ފޮނުއްވި މެސެޖުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top