މާލެ އަށް 31 ޑިސެމްބަރު 2023 ގައި ކުރި ވިއްސާރައިގައި ގެއްލުންވި 11 ގޭބިސީއަކުން ވަގުތީ ހިޔާތަކަށް މީހުން ބަދަލު ކޮށްފައިވާ ކަަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމް) އިން ބުނެފިއެވެ.
އިއްޔެ ބޭެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް މުހައްމަދު ފިކުރީ ވިދާޅުވީ ވިދާޅުވީ ފެން ވަދެ ގެއްލުން ލިބުނު ގެތަކުގެ ރެޕިޑް އެސެސްމެންޓެއް ހެދުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށާއި މިގޮތުން ފާހަގަވި 11 ގޭބިސީއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ވާ ކަމަށެވެ.
“ފެން ވަދެ ގެއްލުން ލިބުނު ގެތަކުގެ ރެޕިޑް އެސެސްމެންޓެއް ހެދުމަށް އަޅުގަނޑުމެންވާނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފަށާފަ، މިގޮތުން ފާހަގަވި 11 ގޭބިސީއެއްގެ މީހުން ވަގުތީ ހިޔާތަކަށް މިވަނީ ބަދަލުކޮށްފައި، އަދި ތިން ދުވަސްވަންދެން އެ މީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާނަން، ތިން ދުވަސް ފަހުން ގެތައް ސާފުކުރުމަށްފަހު ގޭގެއަށް މީހުން ބަދަލުވާނެ، ވެމްކޯ އާ ރެޑްކްރެސެންޓާ ސިޓީ ކައުންސިލް އާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް މިކުރަނީ." ފިކުރީ ވިދާޅުވިއެވ.ެ
ފިކުރީ ވިދާޅުވީ ފެން ބޮޑުވެ، ނަޖިސް ލީކުވުމުގެ ސަބަބުން އެ ފެން ޖެހި ހަލާކުވެފައިވާ ސާމާނާއި، ފެނުގެ ސަބަބުން ގޭގެ އެނދާއި ގޮދަނޑިފަދަ ތަކެތި ހަލާކުވެ އެތަކެތި ނުގަނެވޭނެ ފަދަ ހާލަތުގައި ތިބި ފަރާތްތަކަށްއެ ތަކެތި ފޯރުކޮށްދޭނެ ކަމަށެވެ.
މީގެއިތުރުން އެސެސްމަންޓު ނިމުމުން އެ ގޭގޭގެ މީހުންނަށް އިތުރަށް ދޭ ފައިސާއިން މި ތަކެއްޗަށް ދާ ފައިސާ އުނި ކުރުމަށް ވެސް ނިންމާފައިވާކަމަށް ފިކުރީ ވިދާޅުވިއެވެ.
31 ޑިސެމްބަރު 2023 ގައި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގެ ވެސް ބައެއް ގޭގެއަށް ފެން ވަދެ ރަށްރަށުގައިވެސް ވަނީ ފެންބޮޑުވެފައެވެ. އަދި ރަށްރަށުގައި ވެސް ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.






