ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެމްބަރު އަހްމަދް ސިޔާމްގެ ބައްޕަ މުޙައްމަދު ޤާސިމް ނިޔާވެއްޖެއެވެ.
އުމުރުން 81 އަހަރުގައި ޤާސިމް ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ. ޤާސިމް އެޑްމިޓްކޮށްފައިވަނީ ސިއްޚީ ހާލަތު ގޯސްވެގެން މީގެ ދެ ދުވަހެއް ކުރިންނެވެ.
ޤާސިމަކީ ނ. ކުޑަފަރީގެ ކަތީބުކަމާއި އެ ރަށު ސްކޫލުގެ ނާޒިރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޤާސިމްއަށް 9 ދަރިން ލިބިފައިވާ އިރު އޭގެ ތެރެއިން އެއް ސިޔާމް އަކީ ރާއްޖޭގެ ރިސޯޓް ވިޔަފާރިގައި އެންމެ ނުފޫޒު ގަދަ އެއްވިޔަފާރިވެރިޔާއެވެ.
އޭނާ އަކީ ސަން ގްރޫޕްގެ ވެރިޔާގެ އިތުރުން ސިޔާސީ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) ގެ ވެރިޔާ އެވެ.
ސިޔާމާ އެކީ ޤާސިމަށް ދެބަނޑަށް ޖުމްލަ 9 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.
ސިޔާމްގެ ބައްޕާފުޅުގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު 1:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާ އިރު، އަޞުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަށުނަމާދު ކުރުން އޮންނާނެއެވެ.






