Close

އެއްލައްކަ ރުފިޔާގެ މުދާ ވަގަށްނެގި މީހެއްގެ ބަންދަށް ފަސްދުވަސް!

ކްރިމިނަލް ކޯޓް. ފޮޓޯ: ރާއްޖެ އެމްވީ

އެއްލައްކަ ރުފިޔާގެ މުދާ ވަގަށްނެގި މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

ބަންދަށް ފަސްދުވަސް ޖަހައިފައިވަނީ ގުދަނެއްގައި ރައްކާކޮށްފައިހުރި އެެއްލައްކަ ރުފިޔާގެ މުދާ ވަގަށް ނެގި 33 އަހަރުގެ ދިވެހި ފިިރިހެނަކަށެވެ. އެމީހާއަކީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ މީހެކެވެ.

އިއްޔެ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނެރުނު އަމުރުގައިވަނީ، އޭނާ ގުދަނެއްގައި ރައްކާކޮށްފައި ހުރި އަގުބޮޑު މުދާތަކެއް ވަގަށް ނަގާފައިވާކަމަށް ބެލެވޭކަމަށެވެ.

އަދި ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ވަގަށް ނަގާފައިވާ މުދަލުގެ އަގު 100,000 ރުފިޔާއަށްވުރެ މަތިކަމަށް ބެލެވޭކަމަށްވެސް އެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހާދިސާ ރިޕޯޓުގައި އެ ގުދަނުން ވަގަށް ނަގާފައިވާ ބައެއް ތަކެތި އޭނާގެ އަތުން ފެނިފައިވާކަމަށް ބުނެފައިވާއިރު މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރުގެ ފަހު ތިން މަހު ވައްކަމުގެ 2441 މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top