Close

މޯލްޑިވްސް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީ އެއް އުފައްދަނީ

އިއްޔެ ކުރިއަށް ދިޔަ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީ އެއް އުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިއްޔެ ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ނިންމެވި މުހިންމު ކަންކަން ހިއްސާ ކުރެއްވުމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުالله ނާޒިމް އިބްރާހީމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނާޒިމް ވިދާޅުވީ އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ރާއްޖޭގައި ޑިވަލޮޕްމެންޓް ބޭންކެއް ގާއިމް ކުރުމާއި ގުޅޭ ކަރުދާހެއް ހުށައެޅުނު ކަމަށެވެ.

އެކަރުދާހުގެ ދަށުން މަޝްވަރާ ކުރެވުނު ކަންކަންކަމުގެ ތެރޭގައި ހިމެނެނީ ރައީސަށް ލިބޭ ޤާނޫނީ ބާރުގެ ދަށުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަނަލް އޮތޯރިޓީ އުފެއްދެވުން ހިމެނެއެވެ.

މީގެއިތުރުުން އޮން-ޝޯ ބޭންކިންގ އޮޕަރޭޓިންގ ލައިސަންސް ދިނުމަށްޓަކައި "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" އިން އެކަމާ ގުޅޭ ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ހަމަމިއާއި އެކު އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރުމާ ގުޅޭ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާ ގުޅޭ ބިލެއް އެކުލަވާލައި އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top