Close

އެންއާރްސީގެ މަސައްކަތް ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދައްކާލައިފި!

ކ ހިންމަފުށީގައި ހުންނަ އެންއާރްސީ.:

ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރ (އެންއާރްސީ) ގެ މަސައްކަތްތައް ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދައްކައިލައިފިއެވެ.

ކ ހިންމަފުށީގައި ގާއިމް ކޮށްފައިވާ އެންއާރްސީގެ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރައްވައިފައިވަނީ

އެންއާރުސީގެ ޑިރެކްޓަރ ޖެނެރަލް އަންވަރު ނަޢީމެވެ.

އަންވަރުގެ ވާހަކަފުޅުގައި ރާއްޖެއިން ބޭރަށް ހަނގުރާމައަށްދާ މީހުންނާއި އަދި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި ދިރިއުޅެމުން ގެންދާ ފަރާތްތައް އެސެންޓަރަށް ގެނެސް ރިހެބިލިޓޭޝަން ފަރުވާދިނުމުގައި އެ ސެންޓަރުން ޢަމަލުކުރަމުން ގެންދާ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވައި ލެއްވިއެވެ.

އެގޮތުން ހަނގުރާމަކުރާ ސަރަޙައްދުތަކުގައި ތިބި ދިވެހިން ރާއްޖެއަށް އަންނަ ބޭނުންވެ، އެކަން އެ ސެންޓަރަށް އެންގުމުން އެންމެ ފުރަތަމަ އެއީ ދިވެހިންކަން ޔަޤީންކުރުމަށް އެ ފަރާތްތަކުގެ ޑީއެންއޭ ޓެސްޓުތައް ހަދާކަމަށާއި، އަދި އެއަށްފަހު އެ ފަރާތްތަށް ރާއްޖެ ގެނެސް އެންއާރުސީގައި ބައިތިއްބައިގެން 30 ދުވަހުގެ އެސެސްމަންޓެއް ހަދައި ކޯޓަށް އެ އެސެސްމަންޓް ހުށަހަޅައި ކޯޓުން ދޭ މުއްދަތަކަށް ޕްރޮގްރާމް ހިންގޭނެ ކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ.

އަންވަރު އިތުރަށްވިދާޅުވީ އެސެންޓަރު ހަދާފައިވަނީ އެއް ފަހަރާ 72 މީހުންނަށް އަދި 5 އާއިލާއަށް ފަރުވާފޯރުކޮށްދެވޭނެ ގޮތަށެވެ. އެތަނުގައި 4 ބުލޮކެއް ހެދިފައިވާއިރު އެއް ބްލޮކް އަންހެނުންނަށް ހާއްސަކޮށްފައިވާއިރު އެއް ބްލޮކް 18 އަހަރު ނުފުރޭ ފިރިހެން ކުދިންނަށް ހާއްޞަކުރެވިފައިވެއެވެ.

މީގެ އިތުރުން އެއް ބްލޮކް 18 އަހަރުން މަތީގެ ފިރިހެނުންނަށް އަދި އެއް ބްލޮކް އާއިލާތަކަށް ހާއްޞަ ކުރެވިފައިވާ ކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ.

އަންވަރު ވިދާޅުވީ އެ ސެންޓަރުގައި ކުރިން ވެސް ފަސް މެމްބަރުންގެ އާއިލާއަކަށް ވަނީ ރިހެބިލިޓޭޝަން ފަރުވާ ދީފައި ވާކަމަށެވެ.

އެންއާރުސީ އަކީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނުގައި ބަޔާންކުރާ ކަހަލަ ހަނގުރާމަވެރި ސަރަހައްދުތަކުން ނުވަތަ އެ ކަހަލަ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު، އަނބުރާ ރާއްޖެ އަންނަ ނުވަތަ ގެނެވޭ މީހުން މުޖުތަމައު އަށް ދިއުމުގެ ކުރިން ރިހެބިލިޓޭޝަން އަދި ރިއިންޓެގްރޭޝަން ޕްރޮގްރާމް ހިންގުމަށް ކަނޑައަޅާފައިވާ މަރުކަޒެވެ.

 

 

 

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top