ކުރިއަށްއޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިރުޝާދު ދީފިއެވެ.
މެޓް އޮފީހުން ރޭގެ ވަގުތެއްގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތީ
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ވީމާ މޫސުމަށް ސަމާލުވުން އެދޭކަމަށްވެސް ވަނީ ބުނެފައެެވެ.
ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ. ވީމާ މޫސުމަށް ސަމާލުވުން އެދެން. pic.twitter.com/2d2TPjDdoF
— Maldives Meteorology (@MetMaldives) January 9, 2024
މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އަދި އެދުވަހު ކުރި ވިއްސާރައިގެ ސަބަބުން މާލޭގެ ވެސް ބައެއް ގޭގެއަށް ވަނީ ފެންވަދެފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުން ވެސް ގޭގެއަށް ފެން ވަދެ ވަނީ ގެއްލުންތަކެއް ލިބިފައެެވެ.
އެދުވަހު ކުރި ވިއްސާރައިގައި ހުޅުލެއަށް ރިކޯޑް ޢަދަދަކަށް ވަނީ ވާރޭ ވެހިފައެވެ.






