Close

ބެއިޖިން އިން ރައީސް މުޢިއްޒުގެ ދެކަނބަލުންނަށް ކީ ހޫނު މަރުޙަބާއެއް!

ރައީސް ޑރ މުޢިއްޒުެގ ދެކަނބަލުން ބެއިޖިންއަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

ބެއިޖިން އިން ރައީސް ޑރ މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރައީސް ޑރ މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސްގެ ދެކަނބަލުން ބެއިޖިންގއަށް ވަޑައިގަތުމުން އެ ދެކަނބަލުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، ރައީސްގެ ދެކަނބަލުން އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރައީސް ޑރ މުޢިއްޒުގެ ދެކަނބަލުން ބެއިޖިންއަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް މުޢިއްޒުގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ޗައިނާގެ ސަރުކާރުން ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top