Close

އަމިއްލަ ފަރާތްތަކަށް ރިހިބިލިޓޭޝަން ސެންޓަރުތައް އުފެއްދައި ޚިދްމަތްދިނުމަށް ހުޅުވާލައިފި!

މަސްތިުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދޭ ރިހިބިލިޓޭޝަން ސެންޓަރުތައް އުފައްދައި ޚިދްމަތް ދިނުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވައިލައިފިއެވެ.

މިކަން އިޢްލާނުކޮށް ނެޝަނަލް ޑްރަގް އެޖެންސީ(އެންޑީއ)ޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ހުށަހަޅާ ޕްރޮޕޯސަލް ގައި އަންނަނިވި ކަންކަން ފުރިހަމަވާން ޖެހޭ ކަމަށެވެ.

އެގޮތުން ހަމަވާން ޖެހޭ ޝަރުތުތަކަކީ:-

- އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ޚިދުމަތް ފޯރުކޮށްދިނުން

- ކައުންސެލިންގ ޚިދުމަތް ދިނުން

- ސައިކޭޓްރިކް އިވަލުއޭޝަން ހެދުން

- ސައިކޯ ސޯޝަލް ތެރަޕީ ޚިދުމަތް ދިނުން

- ޑްރަގް ޓެސްޓްކުރުން

- ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން

އެންޑީއޭ އިން އިތުރަށް ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިމަހު 21 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅޭ މައުލޫމާތު ދިނުން މި މަހުގެ 17 ވަނަ ދުވަހުގެ 10:00 ގައި އެ އިދާރާގައި އޮންނާނެކަމަށާއި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 22 ވަނަ ދުވަހުގެ 10:00 ގައިކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) އިން، ފަރުވާދޭ މަރުކަޒުތައް ގާއިމުކޮށް ޚިދުމަތް ދިނުމުގެ ފުރުސަަތު އަމިއްލަ ފަރާތްތަކަށް ލިބިދީފައިވެއެވެ.

މިހާރުވެސް ރާއްޖޭގެ ފަސް ސަރަހެއްދެއްގައި އެންޑީއޭއިން ފަރުވާދޭ ސެންޓަރުތަކެއް ހިންގައެވެ. އެއީ ކ.ހިންމަފުށި، ހދ.ހަނިމާދޫ، ގދ.ތިނަދޫ، ފުވައްމުލަކު ސިޓީި އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top