Close

މިދިޔަ ހުކުރުދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި ގޭބިސީތަކަށް ފައިސާދެނީ!

މާލެ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވެފައި. ފޮޓޯ: ސަން އެމްވީ

ޖެނުއަރީ 12ވީ ހުކުުރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި ގޭބިސީތަކަށް 711،541.70 ރުފިޔާ އެހީގެ ގޮތުގައި ބެހުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން މިއަދު ހާމަކޮށްފައިވާ މަޢުލޫމާތު ތަކުގައި ބުނެފައިވަނީ ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން އެއޮތޯރިޓީ އާއި ސިފައިން ނާއި ފުލުހުންނަށާއި ރެޑް ކްރޮސެންޓަށް 494 ކޯލެއް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން ފެންވަދެގެން 227 ތަނަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި މިހާތަނަށް އޭގެތެރެއިން 193 ތަނަކަށް އިޖާބަދެވިފައިވާ ކަމަށްވެސް އެއޮތޯރިޓީ އިން ވަނީ ބުނެފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެފައިވަނީ 78 ތަނެއްގެ ޑެމޭޖް އެސެސްމަންޓް ހެދުމަށް ނިންމިފައިވާ ކަމަށެވެ. އޭގެތެރެއިން 53 ގޭބިސީއެއްގެ އެސެސްމަންޓް ހެދިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 48 ގެއަކަށް އެހީދިނުމުގެ އުސޫލުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އަދި 19 ތަނަކުން އެސެސްމަންޓް ހެދުމަށް ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ. އަދި އެކި ސަބަބުތަކާއި ހުރެ 6ތަނަކަށް ނުވަދެވި ވާކަމަށް ބުނެފައިވެއެވެ.

އެންޑީއެމްއޭ އިން ބުނެފައިވަނީ ވިއްސާރައިގެ ސަބަބުން ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗަށާއި ސްޓްރަކްޗަލް ގެއްލުންތަކަށް 1،111،842.50 ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށެވެ. އަދި ޑެމޭޖް އެސެސްމެންޓު ހެދިފައިވާ ގެތަކަށް އެހީގެ ގޮތުގައި 711،541.70 ރުފިޔާ ދިނުމަށް ހަމޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން އެ އޮތޯރިޓީ އިން ބުނެފައިވަނީ ވިއްސާރާގައި ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށާއި ސްޓްރަކްޗަރަލް ގެއްލުމުގެ ގޮތުގައި 1.1 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ހުކުރު ދުވަހު ކުރި ވިއްސާރައާ ގުޅިގެން އިމާރާތަށް ލިބުނު ގެއްލުންތަކާ ހުރެ 18 ގޭބިސީއެއްގެ 110 މީހަކަށް އެންޑީއެމްއޭ މެދުވެރިވެގެން ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top