Close

އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ، ފްލައިޓް ޝެޑިޔުލް އިން އެންމެ އިސްކަން ދޭނީ އެކަމަށް: މިނިސްޓަރ އަމީން

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން. ފޮޓޯ: ރައީސް އޮފީސް

އިމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ ފްލައިޓް ޝެޑިޔުލް އިން އެންމެ އިސްކަމެއް ދޭނީ އެ ކޭސްއަކަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ.

މިނިސްޓަރ އަމީން ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުން ކަމަށެވެ. އަދި މި ޚިދުމަތް ﷲ ގެ ވާގިފުޅާއެކު، 1 މާރިޗް 2024 ގައި ފެށިގެން ދާނެކަމަށް ވެސް މިނިސްޓަރ އަމީން ވިދާޅުވެފައިވެއެވެ.

“މިއަދުން ފެށިގެން މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރުވަނީ ހަމަޖައްސާފައި. އަދި ހޮސްޕިޓަލަކުން އިމަރޖެންސީ ކޭސް އެއްގެ މަޢުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން” ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވެފައި ވާއިރު ގއ ވިލިގިނލިން ހާލު ބޮޑުވެގެން އިތުރު ފަރުވާ އަށް މާލެ ގެންނަން ޖެހުނު އުމުރުން 13 އަހަރުގެ ކުއްޖަކު މާލެ ގެނައުން ލަސްވެ މާލެ ނުގެނެވި ވަނީ ނިޔާވެފައެވެ.

މިކަމާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށްކަމާއި ބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top