Close

ރަމަޟާން މަހު އިންތިޚާބުތައް ބޭއްވުން ހުއްޓުވުމަށް އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙް ހުށައަޅައިފި!

ރާއްޖޭގައި ބޭއްވުނު އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: ކުޅުދުއްފުށީ އޮންަލައިން

ރަމަޟާން މަހު އިންތިޚާބުތައް ބޭއްވުން ހުއްޓުވުމަސް އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާޙު ގެންނަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

އިންތިޚާބާއި ބެހޭ ޤާނޫނަށް މި އިސްލާޙް ހުށައަޅުއްވައިފައިިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އެވެ.

މެމްބަރު ޝިފާޢު މި ބިލް ހުށައަޅުއްވައިފައިވަނީ 23 ޖަނަވަރީގައެެވެ. މިބިލް ހުށައެޅުނު މަޤްސަދެއްކަަމަށް ބުނެފައިވަނީ މިހާރު ޤާނޫނު އޮތްގޮތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބް ރަމަޟާން މަހާއި ދިމާވާތީ ކުރިމަތިވެދާނެ ދަތިތަކަށް ހައްލެއް ހޯދުމެވެ.

މީގެއިތުރުން މިހާރު ޤާނޫނު އޮތް ގޮތުން އިންތިޚާބުތަކުގައި ބާޠިިލް ވޯޓް ކަންބޮޑުވާ މިންވަރަށް ގިނަވާތީ އެކަމަށް ހައްލެއް ހޯދުމަށާއި އަދި އިންތިޚާބުތަކުގެ އިދާރީ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނަށް އިސްލާޙުތައް ގެނައުން ކަމަށް ބުނެފައިވެއެވެ.

ބިލް ހުށައެޅުއްވިކަން ހާމަކުރައްވަމުން މެމްބަރު ޝިފާޢު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރަމަޟާންމަހަށް އިންތިޚާބު ތާވަލުކުރެވޭތީ ރައްޔިތުންގެ މެދުގައިއޮތް ބޮޑުނުތަނަވަސްކަމާއެކު އިންތިޚަބުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެކަމަށްއޮތް ކަންބޮޑުވުމަށް ހައްލެއްހޯދުމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުނަށް އަޅުގަނޑު އިސްލާހު ހުށައަޅައިފި ކަމަށެވެ.

މިބިލްގެ ފުރަތަމަ ކިޔުން އޮންނާނީ ދައުރުން ބޭރުން ބޭއްވުމަށް ހަމޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައެވެ.

މަޖިލިސް އިންތިޚާބު ރަމަޟާން މަހު ބޭއްވުމަށް ހަމަޖައްސައިފައި އޮތުމުން އެމްޑީޕީ އިން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި މިކަމަކީ ސީދާ ރައީސް ޑރ މުޙައްމަދު މުޢިއްޒު އަންގަވައިގެން ކުރާ ކަމެއްކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top