Close

ސަރުކާރުގެ ބައެއް ވަޒީރުންްނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސްއިން ނިންމައިފި!

ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސް އިން ނިންމައިފިއެެވެ.

އެކަމާއި ގުޅިގެން އެޕާޓީ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ.

އަދި އެގޮތަށް ޢަމަލު ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވޭ އިރު މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެޕާޓީ ގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ނިންމައިފައިވާކަމަށެވެ.

“ޑިމޮކްރެޓްސް ގަބޫލުކުރާގޮތުގައި ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް، ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމުކަމެއް” ޑިމޮކްރެޓްސްގެ ބަޔާނުގައި ވެއެވެ.

ސަރުކާރު ޢަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭކަންކަމެއް އެޕާޓީ އިން ބުނެއެވެ.

އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން އެ ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށާއި އެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް އެ ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީން ކަމަށް އެޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top